ދިވެހި ޓެކްސީ ޑްރައިވަރަަކަށް ހަމަލާދީ މަރާލަން ބިދޭސީއަކު މަސައްކަތްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަަކަށް ހަމާލާދިން މައްސަލައެއް ރޭ 12:30 ހާއިރު ހުށަހަޅައިފައިވާ ކަމަށެވެ.

އެ ހަމަލާއަކީ ފުރާނަ އަށް ނުރައްކާވަރުގެ ހަމަލާއެއް ކަމަށާއި ހަމަލާއާ ގުޅިގެން 25 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.