ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް އެމްޑީޕީގެ މެންބަރެއް ކަމަށްވާ ކެރަފާ އަހުމަދު ނަސީމު އައްޔަން ކުރެއްވުމާއި ގުޅިގެން، ސަރުކާރު ކޯލިޝަން އެބައޮތްތޯ ވިދާޅުވެ އެ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ސުވާލު އުފައްދަވައިފިއެވެ.

އެމަގާމަށް ނަސީމު އައްޔަން ކުރެއްވުމާ ގުޅިގެން، ކުރެއްވި ކުރު ޓްވީޓެއްގައި ސައުދު ހަމައެކި ލިއުއްވާފައި ވަނީ، ކޯލިޝަން ޖައްސަަވއިފަ ސުވާލުމާކު ތަކެކެވެ.

ހެލްތު މިނިސްޓަރުކަމަށް ނަސީމު އައްޔަން ކުރެއްވިއިރު، ވެރިކަން ހިންގާ ކޯލީޝަން ރޭވިފައިވާ ގޮތަށް ބަލާއިރު އެ ސްލޮޓަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެކެވެ.

އެހެންކަމުން މީގެ ކުރިން އެމަގާމުގައި ހުންނެވި އަމީން އަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

އަމީނަށް އިސްތިއުފ ދެއްވަން ޖެހިވަޑައިގަތީ ވެންޓިލޭޓަރުތަުގެ މައްސަލައިގައި ޕްރެޝަރު ބޮޑުވެ އެންމެފަހުން އޭނާ މަގާމުން ވެކިކުރުމަށް އެމްޑީޕީގެ ބައެއް ޕާލަމެންޓް މެންބަރުން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުންނެވެ.