ހިންދޫ ދީންގެ ކުރެހުން ހިމެނޭ ޗޮކްލެޓެއް ވިއްކާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އިސްލާމް ދީން ނޫން އެހެން ދީނެއް ރަމްޒުކޮށްދޭ ކުރެހުމެއް ކުރަހާފައިވާ ޗޮކްލެޓެއް ވިއްކާކަމުގެ ޝަކުވާއެއް ފުލުހުންނަށް ލިބިފައިވާތީ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް އެއީ ކޮން ދީނެއްގެ ކުރެހުމެއް ކުރަހާފައިވާ ޗޮކްލެޓެއް ކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލަމުން އަންނަނީ ހިންދޫ ދީނު ޕްރޮމޯޓުކުރުމަށް ހަދާފައިވާ ކާޓޫނު "ޗޯޓާ ބީމް" ގެ ޗޮކްލެޓް ވިއްކާ މައްސަލައެކެވެ.