އައިޖީއެމްއެޗްއާ ދިމާ ބޭރުން މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އެދިމާ ބޭރުން މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 10:40 ހާއިރު ކަމަށެވެ. މަރުވެފައި އޮތީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށް ފުލުހުން މާއުލޫމާތު ދެއެވެ.

އެމީހާގެ ހަށިގަނޑު މިހާރުވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

މި މައްސަލަ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.