ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

އޭނާ ޖަލަށްލާން ހުކުމް ކުރީ މިއަދު އެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ސުޕްރީމް ކޯޓުގައި މިއަދު ވަނީ އަޑުއެހުމެއް ބާއްވާފައެވެ. ނަމަވެސް އަލީ ވަހީދު މިއަދު ވެސް ޝަރީއަތަށް ހާޒިރެއްނުވެއެވެ.

ސުޕްރީމް ކޯޓަށް މިއަދު 13:00 ޖަހާއިރަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވާއިރު މިއަދުގެ އަޑުއެހުމަށްވެސް އަލީ ވަހީދު ހާޒިރުނުވުމުގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.