އަޤްޞާ ޠޫފާނަށް ފަހު ޙަމާސްއަށް ލިބިފައިވާ ޒަޔަނިސްޓުންގެ ހަނގުރާމައިގެ އަސީރުންގެ ތެރޭން ބައެއް މީހުންގެ ވާނުވާ ނޭނގި ގެއްލިފައިވާ ކަމަށް ޝަހީދު ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑުން ބުނެއެވެ. އެ ޖަމާއަތުން ބުނެފައި ވަނީ އެމީހުން ތިބި ތަންތަނަށް އިޒްރޭލުން ބޮން އެޅުމުން އެމީހުންނާ ގުޅުން ކެނޑިފައިވާ ކަމަށެވެ.

ޙަމާސްގެ އަސްކަރީ ގޮފިން އިޒްރޭލަށް ތަކުރާރުކޮށް އަންގާފައި ވަނީ އެފަދަ ހާލަތެއް ކުރިމަތި ވެދާނެތީ، އާންމުން އުޅޭ ސަރަހައްދުތަކަށް ބޮން ނޭޅުމަށް ތަކުރާރުކޮށް އިޒްރޭލަށް އަންގާފައެވެ.

އިޒްރޭލުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އިޒްރޭލުން ބޭނުންވަނީ ހަނގުރާމައިގެ ޔަހޫދީ އަސީރުން އެއްކޮށް މަރައި ނައްތާލާށެވެ.