ކޮވިޑު ފެތުރުން ކަންޓްރޯލްކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރަން އަންގާފައިވާ މުއްދަތުގައި ވެކްސިން ނުޖެހުމާއި ގުޅިގެން 5 ޓީޗަރެއް އެކަހެރިކޮށްފިއެވެ.

ކޮވިޑުން ރައްކާތެރިވެ ވެކްސިންގެ ޑޮޒް ހަމަކުރުމަށް އެމިނިސްޓްރީން އަންގާފައވާއިރު، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިނުވާ މީހުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އެމިނިސްޓްރީން އަންގާފައިވެއެވެ. މިގޮތުން މިހާތަނަށް 3 ސްކޫލަކުން ވެކްސިންގެ ޑޯޒް ހަމަނުކުރުމާއި ގުޅިގެން 5 ޓީޗަރަކު އެކަހެރިކޮށްފައިވެއެވެ. އަދި އެ ޓީޗަރުންނަށް ވަނީ ދަރިވަރުންނާއި ގާތުން ކުރާ މަސައްކަތްތައް ކުރުން މަނާކޮށްފައެވެ.

މިނިސްޓްރީން ވަނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޑޯޒް ފުރިހަމަކޮށްގެންކަމަށް ބުނެފައެވެ. ދަރިވަރުންނާއި، މިފިޔަވަޅަކީ ޓީޗަރުންގެ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މިހެން މިކަންތައް ކުރީ ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނައިސް ކުރިޔަށް ދިއުމަށް ކަމަށާއި ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.

މިނިސްޓްރީގެ މި ނިންމުމާއި އެކު، ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ޓީޗަރުންނާއި، ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ސްކޫލުތަކަށް ވަނުން މަނާ ވާނެ އެވެ.