ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 67 ޕަސެންޓް ނިމިއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން، ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ. އަދި ހިނގާ ސަރަޙައްދުގެ މަސައްކަތްތަކުގެ 75 ޕަސެންޓް ވެސް ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ލެބޯރެޓަރީ އަކާއި ވާރޑް އިމާތާތެއް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މިއީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫއުގެ އަގަކީ 30.3 މިލިއަން ރުފިޔާ އެވެ.