ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ވުރެ ވަޢުދުފުއްދުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމަށް ވުރެ ބޮޑު ވިސްނުމެއް އޮތީ، ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ.

ދެވަނަ ދައުރުގެ ވިސްނުމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކޮންމެ މީހަކަށް ވެސް 5 އަހަރުގެ 2 ދައުރު ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި އެފުރުސަތު އެމަނިކުފާނަށްވެސް އޮތް ކަމަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ފާއިތުވެދިޔައީ ކޮވިޑާއި ގުޅިގެން އެއްވެސް ކަމެއް ނު ވެކަމަށެވެ. އަދި ވެރިކަމަށް ވެ ވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ނުފުއްދި ގިނަ ވައުދުތަކެއް މިހާރުވެސް އެބަހުރިކަމަށެވެ.