އެމްއެންޑީއެފް ގެ މީޑިއާ އޮފިސަރގެ މަގާމަށް ފުރަތަމަ ފަހަރަށް ކަނބަލެއް ހަމަޖައްސައިފި އެވެ.

އެ އިދާރާއިން ބުނީ އެއިދާރާގެ އިންފޮމޭޝަން އޮފިސަރގެ މަޤާމުގައި ހުންނެވި މޭޖަރ އިބްރާހިމް އާޒިމްގެ ބަދަލުގައި މިއަދުން ފެށިގެން އެމަޤާމު ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް އާޒިމް އެމަޤާމުން ބަދަލުކުރި ސަބަބެއް އަންގާފައެއް ނުވެއެވެ.

އާޒިމްއަކީ މިޑިއާގެ އެކި ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، މީޑިއާއާއި ރައްޓެހި ފަރާތެކެވެ.

މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތުގައި، ސިފައިންގެ ކަނބަލުން އެމްއެންޑީއެފް އިން ވަނީ ގިނަ ފުރުސަތުތަކެއް ހުޅުވިފައިކަމަށް އެއިދާރާއިން ވަނީ ބުނެފަ އެވެ.