ދިހަ ރަށުގައި ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދާކަަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިއަދު ވިދާޅުވީ އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހދ.ނާވައިދޫ އާއި ށ.ޅައިމަގާއި، ފީވަކާއި، ކޮމަންޑޫ އާއި ނޫމަރާ އާއި ބިލަތްފައްސާއި ފޭދޫގެ އިތުރުން ނ.މާފަރާއި ފޮއްދޫ އާއި މިލަންދޫ ކަމަށެވެ.

އެ ރަށްރަށުގައި ޕާކުތައް ހަދަނީ، އަވައްޓެރި އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮޖެކްޓެއްގެ ދަށުން ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

މީގެކުރިން އިންޑިއާގެ އެހީގައި، ހަސިޔާކުރި ކުޑަކުދިންގެ ޕާކުހެދުމަށް ބޭނުންވާ ސާމާނު ބައެއްރަށްރަށަށް މިނިސްޓަރު ވަނީ ފޮނުއްފައިވައެވެ.