އަތޮޅުތަކުން 80 މީހުންނާއެކު 112 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަދު ނަގާފައިވަނީ 6،36 ސާމްޕަލެވެ. އަދި އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވީ 112 މީހުން ނެވެ.

މިއަދުގެ އަދަދުތަކުގެ ތެރޭގައި މާލެއިން 19 މީހުންނާއި އަތޮޅުތަކުން 80 މީހުން އަދި ރިސޯޓުތަކުން 13 މީހުން ހިމެނެ އެވެ. އެކްޓިވް ކޭސްގެ އަދަދަކީ 2321 އެވެ.

ރާއްޖެއިން 78،690 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، 76،135 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. އަދި ކޮވިޑު ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 222 މީހުން ނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 22 މީހުންނަށް އަންނަނީ ފަރުވާ ދެމުން ނެވެ.