ޕާކިސްތާނުން ނޫސްވެރިންނާ ދެކޮޅަށް ކަން ކުރަމުންދާ ގޮތުން ކަންބޮޑުވާކަމަށް ވިލާތު އިއްތިހާދުގެ ތަރުޖަމާނު ހާމަކުރައްވައިފިއެވެ. ނޫސްވެރިންނަށް ބިރު ދެއްކުމާއި އެމީހުންނާ ދެކޮޅަށް ނޭއްގާނި ކަންކަން ކުރުމާއި ނޫސްވެރިން ވަގަށް ނެގުމުގެ އަމަލުތައް ޕާކިސްތާންގައި ހިންގަމުން ގެންދާ ކަމަށް ތަރުޖަމާން ނަބީލާ މެއްސާރްއަލީ ވިދާޅުވެއެވެ.

ޕާކިސްތާންގެ ތަހުރީކޭ އިންސާފްގެ ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ކަންކަން ކުރަމުންދާ ކަން ފާޅުގޮތެއްގައި ފެންނާން ހުރިކަމަށް ބުނެއެވެ. މީގެ ސަބަބުން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ވެއްޓަށް ސީދާކޮށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް އޭނާ ވިދާޅުވެއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ޕާކިސްތާނާ މެދު ބޭރު ދުނިޔޭގައި ދެކޭ ގޮތް ބަދަލުވެ، ގައުމަށް ހުތުރު ނަން ލިބޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.