ފާއިތުވެގެން ދިޔަ ދެ ކުރިމަތިލުކަމަކާ ގުޅިގެން އިންޑިއާގެ ވައިގެ ސިފައިންގެ ކުޅަދާނަކަން އިތުރުވެ ފަސޭހައިން އަމާޒަށް ވާސިލުވުމަށް އިންޑިއާގެ ވައިގެ ސިފައިން މިހާރު ހުށިޔާރު ވާނެ ކަމުގައި އިންޑިއާގެ ވައިގެ ސިފައިންގެ ވެރިޔާ ހާމަ ކުރައްވައެވެ. އޭނާ ވިދާޅުވީ ބާލާކޮޓްގެ ހަމަލައާއި ގެލްވާން ވާދީގެ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ކުޅަދާނަކަން އިތުރު ކުރުމަށް ފުރުސަތު ލިބިގެން ދިޔައެވެ.

ކަޝްމީރުގައި ދިމާވާ ޑްރޯންގެ ހަމަލަތަކަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއް ހައި ދުވަސްތެރޭގައި ޑްރޯން ހަމަލައެއް ކަޝްމީރުގައި ދިނުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

އިންޑިއާއިން ގަނެފައިވާ ފަރަންސޭސި ރާފައެލް ހަނގުރާމަމަތީ މަތިންދާ ބޯޓްތަކަށް އިޝާރާތް ކުރައްވަމުން އެއަރ މާރޝަލް އާރްކޭއެސް ބަޑޯރިޔާ ވިދާޅުވީ މީގެ ސަބަބުން އިންޑިއާގެ ހުޅަނގާއި އުތުރު ސަރަހައްދުގައި އަވަސް ގޮތަކަށް ވައިގެ ސިފައިންނަށް ފަސޭހަކަމާއެކު ހަރަކާތްތެރިވެ އަމާޒަށް ބޮން އެޅުމަށް ފަހިވެގެން ގޮސްފައިވާ ކަމަށެވެ.