އިންޑިއާ ސަރުކާރުން ރައްޔިތުންނަށް ދޭ ސަބްސިޑީގެ ފައިސާއާއި އެހީތައް ސުމޭކްގެ ވަސީލަތައް މެދުވެރިކޮށް ދޭގޮތަށް ނިންމައިފިއެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ސުމޭކްގެ ވަސީލަތަތްތައް މެދުވެރިކޮށް އެހީދޭން ފެށުމުން ފަގީރުންނަށް ލިބެންވާ ފައިސާ ފޭދިގެންދިއުން ހުއްޓުމަކަށް އަންނާނެއެވެ.
އިންޑިއާއިން ވިޔަފާރި މުއާމަލާތުގައިވެސް ބާރުއަޅަމުން ދަނީ ނޫޓު ދިއްކުރުމާ ނުލައި މުއާމަލާތު ކުރާށެވެ. އެގޮތުން ކުދި ވިޔަފާރިވެރިންނަށްވެސް ފައިސާ ބަލައި ގަނެވޭ ގޮތަށް ކިޔޫއާރް ކޯޑް ބޭނުންކޮށްގެން ފޯނުން ކޯޑު ސްކޭންކޮށް، ފައިސާ ދެއްކޭ ސުމޭކުގެ ޕޭމެންޓް ފަސޭހަކޮށްދޭ އެތައް ވަސީލަތެއް ވަނީ ތައާރަފް ކޮށްދީފައެވެ.
އިންޑިއާ ސަރުކާރުން ބުނާ ގޮތުން ނޫޓާ ނުލައި މީހުންނަށް އެހީދޭން ފެށުމުން އިންޑިއާގައި ޑިޖިޓަލް ޕޭމެންޓްގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ.