ހއ. އަަތޮޅުން ފެށިގެން ތ. އަތޮޅުގެ ސަރަހައްދުތަކަށް ވައިޓް އެލަރޓް ނެރެފި އެވެ.

މެޓް އޮފީހުން މި އެލަރޓު ނެރެފައިވަނީ މިއަދު 16:30 އިން މެންދަމު 00:30 އަށެވެ.

އެ އިދާރާ އިން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސް ދުވަސްވަރަކަށްވާތީ މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.