މާލޭގައި ގުދަނެއްގައި ގޭސް އެކްސްޕްލޯޝަނެއް ހިނގާ މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ ވަގުތީ މިސްކިތް ކުރިމަތީގައި ހުރި ގުދަނަކުން ގޭސް، ފުޅިއެއް ގޮވައި، އެކަކު ފިހި ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވަކަމަށެވެ.

މިހާދިސާ ހިންގާފައިވަނީ ގޭސް ނިއްވާ ފުޅިތަކެއް ހުރި ގުދަނެއްގައިކަމަށާއި ގޮވާފައިވަނީ ފެމް 200 ސިލިންޑަރ އެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުންދަނީ ދިވެއްސަކަށާއި، ބިދޭސީ މީހަކަށެވެ.

މިސަރަހައްދުގައި މިހާރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުންނެވެ.