ސްލޮވޭކިޔާއަށް ވަގަށް ވަންނަން އުޅުނު އުއިގޫރު މުސްލިމަކު ޔޫކްރެއިންއަށް ޑިޕޯޓް ކޮށްފިއެވެ. މި މީހާއަކީ ޔޫކްރެއިން ގައި ރެފިއުޖީއެއްގެ ގޮތުގައި ދިރުއުޅުމަށް ހުއްދަ ދީފައިއޮތް މީހެކެވެ. ނަމަވެސް އޭނާގެ ފުރާނައަށް ބަޔަކު ނުއްރަކާ ކުރަމުންދާތީ، އެމީހުންގެ ކިބައިން ފިލަން ވެގެން މިމީހާ ސްލޮވޭކިއާއަށް ދިޔައީއެވެ. އޭނާ ވަނީ 2012ގައި ވަގަށް ޕޮލެންޑަށް ވަންނަންވެސް އުޅެފައެވެ.

ރޭޑިއޯ ފްރީ އޭޝިއާއިން ބުނިގޮތުގައި ޔުކްރެއިން ގައި މިމީހާގެ ޝަރީއަތް މިމަހުގެ ފަހު ތާރީޚެއްގައި އޮންނާނެއެވެ. އާރްސިން އެރިކްނުލީ، ނަކަމަކށް ކިޔާ މިމީހާ ޔުކްރެއިން އިން ބޭރުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމުމުން އެމައްސަލަ ކޯޓަށް ވައްދައިގެން އޭނާ ޗައިނާއަށް އަނބުރައި ފޮނުވައި ނުލާން ކޯޓުން ޙުކުމް ކޮށްފައިވެއެވެ.

ޗައިނާގެ ޝިންޖިއާންގައި ދިރިއުޅޭ އުއިގޫރުންނާއި ކަޒާޚް މީހުންގެ ތެރޭން އެތައް ބަޔަކު ވަނީ ރެފިއުޖީންގެ ގޮތުގައި ޔޫރަޕަށް އެތެރެވެގެންފައެވެ. މިމީހުންގެ ބިރަކީ ސަރުކާރުން މިމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިފާނެ ކަމެވެ.