އަފްޣާނިސްތާނާއި އީރާނާ އިންވެގެންވާ ބޯޑަރު ސަރަހައްދުން ވަގަށް އީރާނަށް މީހުން ވެއްދުން މިދުވަސްވަރު ތިޔާގި ވިޔަފާރިއަކަށް ވެފައިވާކަމަށް މީހުން ސްމަގްލް ކޮށްދޭން އުޅޭ މީހުން ބުނެއެވެ. މީގެ ކުރިން ޒަރަންޖު ބޯޑަރުގައި މި މީހުންނަށް ސްމަގްލް ކޮށްދޭން ލިބެނީ އަހަރަކަށް އެންމެ ފަންސާހެއްހައި މީހުންގެ ވިޔަފާރިއެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 150 މީހުންގެ ވިޔަފާރި ލިބޭ ކަމަށް ވެއެވެ.

އީރާނަށް ވަންނަ އަފްޣާނިސްތާން މީހުން ދަނީ ތުރުކީ ތެރެއިން ލައިގެން ޔޫރަޕަށް ރެފިއުޖީންގެ ގޮތުގައި އެތެރެވާށެވެ.

މީހުން ވަގަށް ބޯދަރުން ވައްދައިދޭ ވިއުގައިގައި މަސައްކަތް ކުރާ މީހުންނަށް މި މަސައްކަތަށް ބޮޑު އަދަދުން ފައިސާ ދޭން ޖެހެއެވެ.

ތާލިބާނުން ދަނީ އަފްޣާނިސްތާންގެ ސަރަހައްދުތައް ހިފަމުންނެވެ. އީރާނާ އިންވެގެންވާ ޗެކްޕޯސްޓްވެސް ވަނީ ތާލިބާނުންގެ އަތްދަށަށް ގޮސްފައެވެ.

އީރާނުން ވަނީ އަފްޣާން ހަޒާރާ ޝީއާ ދަރިކޮޅުގެ މީހުންނާ މެދު މަޛްހަބީ ނޭއްގާނީ އަމަލުތައް ނުހިންގުމަށް ސުންނީ ތާލިބާނުންނަށް އަންގާފައެވެ.