ޗައިނާއަށް މިހާރު ފެތުރެމުންދާ ޑެލްޓާ ވޭރިއެންޓް ކޮންޓްރޯލް ކުރެވޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް ރަބީއު މޫސުމުގެ ފަހުކޮޅުން ފެށިގެން ފެތުރެން ފަށާފައިވާ މި ވައިރަސް ވަނީ ޗައިނާގެ ދެބައިކުޅަ އެއްބައި ޕްރޮވިންސްތަކުގައި ބާރަށް ފެތުރިފައެވެ.
ޗައިނާއަށް އިގްތިސާދަށް މި ވައިރަސް އިން ކުރާ އަސަރަކީ، އެކްސްޕޯޓް ދަށަށް ދިއުމެވެ. ގުއާންގޑޯންގ ބަނދަރާއި ޝެންޒެންގެ ބަނދަރާއި ޖިއާންސޫއާއި ނިންގްބޯ ބަނދަރުތަކުގެ މަސައްކަތް މަޑުޖެހުމުގެ ސަބަބުން ޗައިނާގެ އެކްސްޕޯޓަށް ހުރަސް އެޅި، މުޅި ދުނިޔޭގެ ސަޕްލައި ޗެއިންއަށް ނޭދެވޭ އަސަރު ކުރަން ފަށާފައި ވެއެވެ.
ގައުމުތަކުގެ އިގްތިސާދީ ތަރައްގީ މިނެ އުޅޭ މޯގަން ސްޓޭންލީ އާއި ގޯލްޑްމަން އިން ބުނާ ގޮތުން ޗައިނާގެ އިގްތިސާދީ ދުވެލި ކުރިން އަންދާސާކޮށްފައިވާ ވަރަށް ވުރެން 0.3 އިންސައްތަ ދަށްވާނެއެވެ.
ޗައިނާ ސަރުކާރުން ބުނެފައި ވަނީ ވައިރަސް ފެތުރުމުގައި އެއްވެސް ވަރެއްގެ ލިޔެއް ދިނުމެއް ނޯންނާނެ އެވެ. ޗައިނާގެ ވެކްސިންގެ ރެކޯޑަށް ބަލާއިރު 2022ގެ ކުރިން ޗައިނާއަށް ޑެލްޓާ ވޭރިއެންޓުން އަރައެއް ނުގަނެވޭނެއެވެ.
ވޯލްސްޓްރީޓް ޖަރނަލްއިން ބުނާ ގޮތުން ވައިރަސްއިން އެންމެ ބޮޑަށް އަސަރުކުރާ ބަޔަކަށް ތިބީ ޗައިނާގެ ޒުވާނުންނެވެ. މިއިން މިމީހުންގެ ވަޒީފާގެ ފުރުސަތުތަކަށް އަސަރު ކުރެއެވެ.