އިތުބާރު އޮތްތޯ ބެލުމުގެ ވޯޓަކަށް އެއްސެވުމަށް ދެކޮޅު ހެއްދެވުމަށް ފަހު މެލޭޝިއާގެ ބޮޑު ވަޒީރު މުޙުޔިއްދީން ޔާސީން މާދަމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވެއެވެ.

އެނާގެ ސަރުކާރަށް ތާއިދު ނެތުމުން 17 މަސްވަންދެން މެލޭޝިޔާ ވަނީ ސިޔާސީ ހަމަނުޖެހުމެއްގައި އުޅެފައެވެ. ކޮވިޑްގެ ނާޒުކު ހާލަތާ އަޅުވައިގެން އޭނާ ވަނީ ވެރިކަން ދެންމެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ބޮޑު ވަޒީރު އޮފީހުގެ ވަޒީރެއްކަމުގައިވާ މުޙައްމަދު ރަޒްދާން މުޙައްމަދު ޔޫސުފް ވަނީ މުޙިޔިއްދީން އިސްތިއުފާ ދެއްވަނެ ކަން ކަށަވަރު ކޮށްދެއްވާފައެވެ.

މެލޭޝިއާގެ އައު ސަރުކާރު އެކުލަވާލުމުގައި ދެން ކަން ކުރާ ގޮތް ސާފުކޮށްދެއްވާނީ ދުސްތޫރީ ރަސްގެފާނެވެ.