ފީވަކު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް 68.2 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓު ގައި މިއަދު އެވެ.

މި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އިބްރާހީމެވެ.

މި މަޝްރޫޢުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކުރުމާއި ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަަރަޙައްދެއް ކޮނުމާއި އަދި ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 70.4511 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމަށް ވަނީ ނިންމާފަ އެވެ. އަދި 29.460 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމަށް ވެސް ހަމަޖެހިފައި ވެއެވެ.

މި މަޝްރޫޢުގައި މިއަދު ސޮއި ކުރިނަަމަވެސް މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން މިހާރުވެސް އަންނަނީ ކުރަމުން ނެވެ.