ތާލިބާނުން ހަނގުރާމަވެރިންނަށް އަންގާފައި ވަނީ ކާބުލްއަށް އެތެރެވެ ބާރު ނުދައްކައި އަދި މަޑުން ތިބުމަށެވެ. (ތެހެރާން ޓައިމްސް)

އަފްޣާނިސްތާންގެ ހަނގުރާމަވެރި ފަރާތްތަކުން ވަނީ ތާލިބާނަށް އަމާން ދީ ހަތިޔާރު ބަހައްޓާފައެވެ. (ޕާކިސްތާންގެ ޓްރިބިއުން ނޫސް)

އަފްޣާނިސްތާންގެ ރައީސް އަޝްރަފް އަބްދުލް ޣަނީ ވަނީ ތާލިބާނާއެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަށް ދޯޙާއަށް ވަފުދެއް ފޮނުއްވާފައެވެ.

އަފްޣާނިސްތާންގެ ދާޚިލީ ވަޒީރު ވިދާޅުވެފައި ވަނީ އަފްޣާނިސްތާންގައި ވެރިކަން ފުރޮޅިގެން ދާނީ ސުލްހަވެރި ގޮތަކަށެވެ.

ކާބުލްގައި އެކި ހިސާބުތަކުގައި ފުލުހުންގެ ފޮރި މެރުން ވަނީ ވަރުގަދަ ކޮށްފައެވެ. އަމާން ނަގާލުމަށާއި ލޫޓުވާލުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރަނީ ނަމަ ވަގުތުން ބަޑި ޖެހުމުގެ އޯޑަރުވެސް ފުލުހުންނަށް ދީފައި ވެއެވެ.

ކާބުލްގައި ހުންނަވާ އިނގިރޭސި އެމްބެސެޑަރުވެސް ވަނީ ކާބުލްއިން ވައިގެ ޒަރިއާއިން ބޭރަށް ގެންގޮސްފައެވެ. ލަންޑަނުން ދަނީ އިނގިރޭސި ރައްޔިތުންނާއި ބޭރަށް ގެންދަން ޖެހޭ އެހެން ރައްޔިތުންވެސް ގެންދިއުމަށް މަސައްކަތް ކުރަމުން ކަމަށް އެމްބަސީން ބުނެއެވެ.

ޕާކިސްތާންގެ ގައުމީ އެއަރލައިން ޕީއައިއޭއިންވެސް ވަނީ ދެ ޕްލައިޓެއް ކާބުލްގެ އެއަރޕޯޓްގައި ތައްޔާރަށް ބާއްވާފައެވެ. 400 އަށް ވުރެން ގިނަ ފަސިންޖަރުން ވަނީ މި ބޯޓްތަކުގައި ދަތުރަށް ތައްޔާރު ވެފައެވެ. މީގައި ޕާކިސްތާނާއި އެހެން ގައުމުތަކުގެ މީހުން ހިމެނެއެވެ.

ސުއިޑްން އިން ބުނެފައި ވަނީ ޑިޕްލޮމޭޓުން ބޭރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.