ކަސްބީ ވިއުގައެއް ފުލުހުން ބަސްޓު ކޮށްފިއެވެ. ހަށި ވިއްކުމުގެ ވިޔަފާރީގައި ރަށްރަށަށް ދަތުރުތައް ކޮށް ޚިދުމަތްދީ އުޅުނު ވިއުގައިގެ މީހުން ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހުއެވެ. މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ފުލުހުން ބަސްޓް ކުރި ވިއުގައިގެ މީހުން އަތުލައިގަތީ އަމަލީ މަސައްކަތުގައި ތިއްބައެވެ. މިމީހުން އަތުލައިގަތީ ކޯޓު އަމުރެއްގެ ދަށުން ގެއަކަށް ފުލުހުން ވަދެގެންނެވެ.

ހައްޔަރު މީހުންގެ ތެރޭގައި ޖަރީމާ ހިންގުމުގައި ބައިވެރިވި ބިދޭސީންގެ ބަޔަކުވެސް ހިމެނެއެވެ. މިމީހުންނާ ބައިވެރި ވަނީ ދެ އަންހެނެކެވެ. އެމީހުންނަކީ ފުވައްމުލަކަށް ނިސްބަތްވާ ދެމީހުންނެވެ. މި މީހުނަކީ ކުރިން މިފަދަ ކަންކަމުގައި އުޅެފައިވާ ބައެއްކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. އެމީހުންގެ ދައްލާލުވެސް ހައްޔަރުކުރިކަމަށް ވެއެވެ. މިދެ އަންހެނުންގެ ފިމްޕް، ދައްލާލަކީ ދާންދޫގައި މި ދެ އަންހެނުން ތިބޭގޭގެ ވެރިމީހާއެވެ.

މިމީހުންގެ ޚިދުމަތުގެ ދަތުރުގައި، ގއ. ނިލަންދުއާއި ގއ. ވިލިނގިލިވެސް ހިމެނޭކަމަށް ވެއެވެ.

އެޗްއައިވީގެ ނުރައްކާ އަދިވެސް ކުޑަވެފައި ނުވާއިރު މިމީހުން އެޗްއައިވީ ޓެސްޓް ހަދާފައިވާ ކަމެއް އަދި ސާފެއް ނުވެއެވެ.