ސާފު ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޓީމަށް އިރުޝާދު ދިނުމަށް ސުޒައިން އާ ހަވާލުކޮށްފި އެވެ.

ފުޓުބޯލް އެޝޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ ސުޒޭން ކަމަށެވެ.

ގައުމީ ޓީމަށް ނަގާފައިވާ ކޯޗިންގ ސްޓާފުންގެ ތެރޭގައި ހިމެނެނީ އެސިސްޓެންޓް ކޯޗުގެ ގޮތުގައި އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.

މީގެ އިތުރުން ގޯލް ކީޕަރ ޓްރެއިނަރ ގެ ގޮތުގައި ހަރަކާތްތެރި ވާނީ އިމްރާން މުހައްމަދު އަދި އަސްލަމް އަބްދުއްރަހީމެވެ.

ގައުމީ ޓީމުގެ ޑޮކްޓަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އަބްދުﷲ ރާފިއު އެވެ.