ފާއިތުވި 24 ގަޑި އިރު 152 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އޭގެ ތެރޭގައި މާލެއިން 29 މީހުންނާއި އަތޮޅުތަކުން 83 އަދި ރިސޯޓުތަކުން 40 މީހުން ހިމެނެ އެވެ.

އެކްޓިވް ކޭސް ގެ އަދަދު 1682 ގައި ހުރި އިރު، ފާއިތުވި 24 ގަޑި އިރު 5660 ސާމްޕަލް ވަނީ ނަގާފަ އެވެ.

ކޮވިޑުގައި ރާއްޖެއިން 222 މީހުން މަރުވެފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް 79،289 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ. އަދި 77،373 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.