މާލެ ގެއަކަށް ވަދެ އެ ގޭގެ ތަކެއްޗަށާއި، ގޭގައި ހުރި އަންހެނަކަށް ހަމަލާ ދީފިއެވެ.

ފުލުހުން ބުނީ މާލެ ގެއަކަށް ފިރިހެނަކު ވަދެ އެގޭގެ ތަކެއްޗަށް ގެއްލުން ދީ މާރާމާތީ ހިންގި މައްސަލައެއް ރޭ 8:14 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އެ ގޭގައި ހުރި އަންހެނަކަށް ކުދި އަނިޔާ ވެފައިވާ ކަމަަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.