މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އޯރކާ މީޑިއާ ގްރޫޕް ގުޅިގެން ވަނީ "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިންގ ކެމްޕެއިނެއް ފަށާފައެވެ.

މި ކެމްޕެއިން މެދުވެރިކޮށް ދުނިޔޭގެ 10 ޤައުމެއްގެ 117 މީހުންނާއި ހަމައަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެއެވެ.

މި ކެމްޕެއިންގެ ބައެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއާއި އޯރކާ މީޑިއާ ގްރޫޕުން ވަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ރިވެތި ސަގާފަތާއި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ޕޮޓޯ އާއި ވީޑިއޯ ހިއްސާކުރެވޭނެއެވެ.

މި ކެމްޕެއިންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މި ކެންޕެއިންގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ފޮޓޯއާއި ވީޑިއޯ ހިއްސާކޮށްގެން ބައިވެރިވެވޭނެއެވެ. ފޮޓޯ އަދި ވީޑިއޯ ހިއްސާކުރަންޖެހޭނީ އެ މަހެއްގައި ކަނޑައަޅާފައިވާ ތީމްއަކަށެވެ. ފޮޓޯއާއި ވީޑިއޯ އަޕްލޯޑް ކުރާއިރު #ވިޒިޓްމޯލްޑިވްސް ޖަހަންޖެހޭނެއެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ، ކޯވިޑް19 ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތައް ލިބުނު ގެއްލުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް އޭގެ އަސަރުކޮށްފައިވާކަމަށެވެ. އެހެންކަމުން އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އަލުން ފަތުރުވެރިކަން ކުރިއެރުވުންކަމަށެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖެ އިތުރަށް ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ކެންޕެއިން މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ކެންޕެއިން ކުރިއަށްދާނީ 5 މަސްދުވަހަށެވެ. އެއީ ޑިސެމްބަރ މަހާއި ހަމައަށެވެ. ކޮންމެ މަހަކުވެސް ވަކި ތީމްއަކާއި ޚާއްސަ އިނާމުތަކެއް ކަނޑައަޅާނެއެވެ. ކޮންމެ ފޮޓޯއަކާއި ވީޑިއޯއެއްވެސް ގުނާނީ ވަކި ވަކިންނެވެ. އެހެންކަމުން ގިނަ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ފަރާތަކަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ ކޮންމެ މަހެއް ނިމުމުން ބާއްވާ ލަކީޑްރޯއަކުންނެވެ. ފުރަތަމަ މަހުގެ ތީމްއަކީ ރާއްޖޭގެ ސަޤާފަތާއި އާދަކާދައެވެ. އެހެންކަމުން ރާއްޖޭގެ ކެއިންބުއިންތަކާއި، ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި، ސަޤާފަތް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވޭނެއެވެ.

ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ވ. ކެޔޮދޫ ޖުޕިޓަރ ސަންރައިޒް ގައި 2 މީހަކަށް 2 ދުވަހުގެ ހުރުމެއް ލިބިގެންދާނެއެވެ.