ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވާ މީހަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ.

ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ ސ. މަރަދޫ / މީނާޒް، މަޢުމޫން ނާޞިރު (43އ) އެވެ

މިމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވު ފުލުހުން އެދިފައިވެއެވެ.