ރާއްޖެއިން މިއަދު 106 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މާލެއިން 16 މީހުންނާއި އަތޮޅުތަކުން 78 މީހުން ރިސޯޓުތަކުން 12 މީހުން މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑި އިރު، 5333 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 1652 އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 15 މީހުންނަށް ފަރުވާދޭ އިރު، މި ބަލީގައި 222 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޢަދަދު 79،525 ގައި ހުރި އިރު، 77،639 މީހުން ވަނީ މިހާތަނަށް ފަރުވާހޯދާ ރަނގަޅުވެފަ އެވެ.