މާލޭގެ ފިހާރައަކަށް ސައްހަނޫން ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން ކޮށްފައިވާ ވިޔަފާރިއެއްގައި ހިމެނޭ ތަކެތި ހޯދައި އެ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ޑައިވް ޝޮޕަކަށް ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން، ޑައިވް ކޮމްޕްރެޝަރަކާއި އެއާ ގުޅުންހުރި ތަކެތި ނަގާފައިވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

އެ މައްސަލަ ހުށަހެޅުމާއެކު އެތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެންވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުރެވުނު މަސައްކަތުން އެ ތަކެތި ފެނިފައިވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައިހުއްޓައެވެ.

ސައްހަ ނޫން ސްލިޕް ފޮނުވައިގެން މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު އެ ފިހާރައިން ކޮށްފައިވާ ވިޔަފާރީގެ އަގު 171،292 ރުފިޔާއަށް އަރައެވެ.

އެ ތަކެތި ހޯދުމުގައި ފިހާރައިގެ މުވައްޒަފުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވަމެވެ.

މި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންދަނީ ތަހުގީގު ކުރަމުންނެވެ.