ޖެނުއަރީ މަހުގެ މެދުތެރޭގައި ކޮރޯނާގެ ވަބާ ފެތުރެން ފެށުމާއެކު ދުނިޔޭގެ އެކިގައުމުތަކުގައި ހުރި ޗައިނާގެ ކޮންސިއުލޭޓްތަކާއި އޮފީސްތަކަށް ޗައިނާއިން އެންގީ ވޫހާންގައި ފެތުރެމުންދާ ވަބާގެ ސަބަބުން ޗައިނާއިން ރައްކާތެރިކަމުގެ ސާމާނުތައް ހުސްވެދާނެ ކަމަށެވެ. އެހެންވެ، ޑޮކްޓަރުންނާއި ނަރުހުންނަށް ސަލާމަތީ ސާމާނުތައް ފޮނުވައި ދިނުމަށެވެ.
މި ސަލާމަތީ ސާމާނުތަކަކީ، ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) އާއި މާސްކެވެ.
ގްލޯބަލް ނިއުސްއިން ތައްޔާރުކޮށްފައިވާ އިންވެސްޓިގޭޝަނެއްގައި ބުނަނީ، މި އެންގުމަށް ހަ ހަފްތާ ނުވަނީސް ޕީޕީއީގެ 2.5 "ބިލިއަން" އެއްޗާއި، ދެ "ބިލިއަން" މާސްކް ޗައިނާއިން އެތެރެ ކުރިކަމަށެވެ.
މި އިންވެސްޓިގޭޝަނަށް މަޢްލޫމާތު ދިން ފަރާތްތަކުން ބުނެފައިވަނީ މިއީ އެތައް ގޮތަކުން ނުތަނަވަސްވާން ޖެހޭ ވާހަކައެއްކަމަށެވެ.
މިއިން ނުތަނަވަސް ވާންޖެހޭ އެއްކަމަކީ، ޗައިނާއަށް މި ދިމާވި ވާލު ރޯގާގެ ވަބާގެ ބޮޑުމިން ޗައިނާއަށް އެނގި ސާފުވެފައި އޮތުމާއެކު ޗައިނާއިން ދުނިޔެއަށް މިކަން ހާމަކޮށްދީފައި ނުވުމެވެ. އަދި ހަމައެއާއެކު އަގު ހެޔޮކޮށް ޕީޕީއީގެ ސާމާނުތައް ޗައިނާއިން ގަތް ކަމެވެ.
މެކްސިކޯއިން ބެއިޖިންގއަށް ކުރިން ކަނޑައަޅާފައި ހުރި އެމްބެސެޑަރު ޖޯރގް ހުއާޑްރޯ ވިދާޅުވާ ގޮތުގައި ޗައިނާއިން ސިއްރިއްޔާތުގައި ހިންގި މި އޮޕަރޭޝަންގެ ސަބަބުން މުޅި ދުނިޔެއިން ޕީޕީއީ ގެ ސާމާނުތައް ހުސްކޮށްލީއެވެ.
މީގެ ނަތީޖާއަކީ، މާޗް މަހު ކޮވިޑް 19 ގައުމުތަކުގައި ދައުރުވަމުން ބުރުޖަހަމުން ދިޔައިރު ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ޗައިނާއިން ޕީޕީއީއާއި މާސްކްތައް އެތެރެ ކުރުމުން ދުނިޔެއަށް ޖެހުނީ މި ތަކެތި އުފެއްދުމާއި އެތެރެ ކުރުމުގައި ޗައިނާއާ ވާދަ ކުރާށެވެ.
ކެނެޑާގެ ކޮންޒަރވެޓިން އެމްޕީ އެރިން އޮޓޫލް ވިދާޅުވާ ގޮތުގައި ހުޅަނގުގެ ގައުމުތަކުގެ ޕީޕީއީއާއި މާސްކް އުފައްދާ ފަރާތްތަކާއި ސިފައިންނަށް ޖެނުއަރީ މަސް ނިމުނު އިރު ޗައިނާއިން ހަދަމުން ދިޔަ އެތި ސާފުވާން އޮތީ ފަށާފައެވެ.
ގްލޯބަލް ނިއުސްގެ އިންވެސްޓިގޭޝަނުން ސާފުވީ، ޗައިނާއިން މޮޅު ގޮތަކަށް މި ސާމާނުތައް ޗައިނާއަށް އެތެރެ ކުރުމަށް ބޭރު ގައުމުތަކުގައި ތިބި ޗައިނާ މީހުން ވަރަށް ފުރިހަމައަށް ބައިވެރިކޮށްލި ގޮތެވެ.
މާސްކާއި ޕީޕީއީ ސާމާނުތައް ގައުމުތަކުން ހޯދައި އެތެރެ ކުރުމަށް ޗައިނާއިން ބޭނުން ކުރީ ޑިޕްލޮމެޓިކް ޗެނަލްތަކާއި ސަރުކާރު ހިއްސާވާ ޗައިނާއިން ބޭރުގައި ހިންގާ ކުންފުނިތަކާއި ބޭރުގައި ދިރިއުޅޭ ޗައިނާ މީހުންނެވެ. މި ހުރިހައި އެންމެނާ ލިއޭޒް ކުރީ ޗައިނާގެ އެންމެ މަތީ ވެރިޔާގެ އަމުރަށް ޔުނައިޓެޑް ވޯރކްސް ޑިޕާޓްމެންޓުންނެވެ.
ޔޫއެފްޑަބްލިއުޑީ އަކީ ޗައިނާއިން ބޭރުގައި ޖާސޫސީ މަޢްލޫމާތު ހޯދުމަށާއި މީހުން ރެކްރޫތް ކުރުމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ހިންގާ އޮފީހެކެވެ.
ބޭރުގެ ގައުމުތަކުގައި ޔޫއެފްޑަބްލިއުޑީ އޮޕަރޭޓް ކުރާނީ ޗައިނާގެ ކޮންސިއުލޭޓްތައް މެދުވެރިކޮށެވެ.
ކެނެޑާގައި ހޯދުނު މަޢްލޫމާތުން އެނގެނީ، ކެނެޑާއިން ކުރިން ތަހްގީގަށް ސުއާލުކޯށްފައިވާ ފަރާތްތަކުގެ ޚިދުމަތްވެސް ޔޫއެފްޑަބްލިއުޑީން ހޯދާފައިވާ ކަމަށެވެ. ކެނެޑާގެ ސެކިއުރިޓީ އިންޓެލިޖެންސް ސަރވިސް (ސީއެސްއައިއެސް) އިން މިކަން ޔަގީން ކޮށްދެއެވެ.
އެމެރިކާގެ ކޮންގްރެސްއިން އެޕްރީލް މަހު އެކުލަވާލާފައިވާ ރިޕޯޓްގައި ބުނަނީ، ޖެނުއަރީ މަހުގެ 24ން ފެބްރުއަރީ މަހުގެ 29އަށް ޗައިނާއިން މާސްކް އުފެއްދުން އިތުރކުރި ކަމަށެވެ. އަދި މާސްކާއި އެއާ ގުޅުން ހުރި އެހެން ސާމާނުތައް ޗައިނާއިން ބޭރުކުރުން މަނާކުރިކަމަށެވެ.
ހަމައެދަނޑިވަޅުގައި ޗައިނާއިން ދިޔައީ މި ސާމާނުތައް އިމްޕޯޓް ކުރަމުންނެވެ.
ހުއާޑްރޯ ވިދާޅުވާ ގޮތުގައި އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ޗައިނާއިން އެން 95 މާސްކްތައް ހޯދަން މެކްސިކޯގައި މަސައްކަތް ކުރަމުންދާ ކަމަށް އެއިރު އޭނާއަށް ގުޅިފަރާތަކުން މައްލޫމާތު ދީފައިވާ ކަމަށެވެ. އަދި އެމެރިކާގެ ހާލަތު ބެލުމަށް ކުރި މަސައްކަތުން އޭނާއަށް ސާފުވީ އެމެރިކާގައިވެސް ޗައިނާއިން މިކަން ކުރަމުންދާ ކަމަށެވެ.
މިއާ ގުޅިގެން ޖެނުއަރީ 27 ގައި އޭނާ ކުރި ޓުއީޓްގައި ބުނެފައިވަނީ އުތުރު އެމެރިކާއިން ޕީޕީއީގެ ސާމާނުތައް ހުސްވާނެ ކަމަށެވެ.
[embed]https://twitter.com/jorge_guajardo/status/1221971035937038339?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1221971035937038339%7Ctwgr%5E&ref_url=https%3A%2F%2Fglobalnews.ca%2Fnews%2F6858818%2Fcoronavirus-china-united-front-canada-protective-equipment-shortage%2F[/embed]
ޖެނުއަރީއާއި ފެބްރުއަރީމަހު މެކްސިކޯއިން ޗައިނާއަށް ވިއްކި ސާމާނުތައް އަނބުރައި ޗައިނާއިން މެކްސިކޯއަށް ވިއްކާފައިވަނީ ވިއްސާއި ތިރީސް ގުނަ ބޮޑު ކޮށެވެ.
ވޮޝިންޓަން ޕޯސްޓާއި ސީއެންއެންއިން އެޕްރީލް މަހު ކުރި ރިޕޯޓެއްގައި ބުނެފައިވަނީ ޖެނުއަރީ މަހުގެ އަގުގެ ނިސްބަތުން އެޕްރީލް މަހު ޕީޕީއީގެ ސާމާނުގެ އަގު އެއްހާސް ޕަސެންޓަށް މަތިވެފައިވާ ކަމަށެވެ.
ގްލޯބަލް ނިއުސްއިން ބުނިގޮތުގައި ކެނެޑާގެ ސިއްހީ ރައްކާތެރިކަމުގެ ސާމާނު ސަރުކާރުން ފޮނުވިއިރު، ފިހާރަތަކުގައި ހުރި މިސާމާނުތައްވެސް ޗައިނާއަށް އެތެރެކުރުވީއެވެ.
މިދިޔަ ހަފްތާގައި ކެނެޑާގެ ބޮޑު ވަޒީރު ވިދާޅުވެފައިވަނީ ޗައިނާއަށް ސިއްހީ ފަރުވާގެ ރައްކާތެރިކަމުގެ ސާމާނުތައް ބަލާ ފޮނުވި ދެ މަތިން ދާބޯތްވެސް ޗައިނާއިން އެކި އުޒުރުތައް ދައްކައި ތިރި ކުރިޔަ ނުދީ އަނބުރާ ފޮނުވާލި ކަމަށެވެ.
ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ މި ބޯޓްތަކަށް ތިރި ނުކުރެވުނީ އެއަރޕޯޓްތަކުގެ ބާރު ބޮޑުވުމާއި ކުރު ވަގުތުކޮޅަކަށް ނޫނީ ކާގޯ ބަރާކުރުމަށް ބޯޓަށް ތިރިކޮށްފައި ނުބޭއްވޭނެކަމަށް ޗައިނާއިން އެންގުމާ ގުޅިގެންނެވެ. ޗައިނާއިން ވަނީ މި ވާހަކަތައް ދޮގު ކޮށްފައެވެ.