ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

މިއަދު (20 އޮގަސްޓް 2021) މާލެ ގެނެސްދިން ބަލި މީހާއަކީ އުމުރުން 36 އަހަރުގެ ފިރިހެނެކެވެ. މި މީހާ، ޞިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްދީފައިވަނީ މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމުންނެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ސިފައިންގެ އެހީތެރިކަމާ އެކު މި މީހާ މާލެ ގެނެސްދީފައިވަނީ މިއަދު (20 އޮގަސްޓް 2021) ހެނދުނު 10:42 ހާއިރުއެވެ.