އާރުޑީސީގެ އޮފީހުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ވައްކަން ކުރަން އުޅުނު މީހާގެ ވީޑިއޯ އެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭނާ ބުނިގޮތުގައި ފުރާޅަށް އެރީ އޭނާ އެތަނުގައި ބާއްވައިފައި އޮތް ޖިންސަކާއި ޓީޝާޓެއް ނެގުމަށެވެ. އެގޮތުން އެ ތަކެތި ބަލާ އައީ ލާނެ އިތުރު އެއްޗެއް ނެތުމުން ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ އޮފީހުން ވައްކަންކުރަން އުޅުނީ ރޭގެ ވަގުތެއްގައެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ބުނެފައި ނުވާއިރު އެ މީހާ އަތުލައިގަތުމަށް ފަހު ރިޕޯޓް ކުރުމުން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެމީހާގެ އަތުގައި ބިޑިއަޅުވައިގެން ގެންގޮސްފައެވެ.