އެވިޑް ކޮލެޖުން ، ސައުތު އެފްރިކާއިން ގަތް ފުރަތަމަ މަލްޓި އިންޖީނުގެ އެއާ ކްރާފްޓް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެތަނުން ބުނެފިއެވެ.
އެވިޑު ކޮލެޖުން ބުނެފައިވަނީ އެއާކްރާފްޓްގެ މެއިންޓެނަންސްގެ އެންމެހާ ކަންކަން މިހާރުވަނީ ފުރިހަމަކުރެވިފައި ކަމަށެވެ. މިހާރުވަނީ ސައުތު އެފްރިކާގެ މެއިންޓަނަސް ކުންފުނިން އެންމެ ފަހުގެ ޓެސްޓް ފުލައިން ވެސް ނިންމާފައެވެ. އެއަށްފަހުވަނީ އެ ގައުމުގެ ސިވިލްއޭވިއޭޝަންއަށް އެ ރިޕޯޓު ވެސް ހުށައަޅައިފައެވެ.
އެއާކްރާފްޓް ރާއްޖެ ގެނައުމަށްޓަކައި އެވިޑު ކޮލެޖުން ގެންދަނީ ސައުތުއެފްރިކާގެ ސިވިލް އޭވިޔޭސަނާ ވާކަދައްކާގެން އެ ބޯޓު ގެނައުމަށް ނަގަންޖެހޭ ހުއްދަ އަވަސްކުރުމަށް މަސައްކަތްކުރަމުން ކަމަށް ވެސް އެ ކޮލެޖުން ބުނެފައިވެއެވެ.
މި އެއަރ ކުރާފްޓު ރާއްޖެއަށް ގެނައުމުން ޓްރިޕްލް އޭގެ ދަރިވަރުންގެ ތެރެއިން ފްލައިން ފުރިހަމަކުރަންޖެހޭ ދަރިވަރުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެވިޑްކޮލެޖުން (ޓްރިޕްލް އޭ މެނޭޖްކުރުމަށް) ކުރާ މަސައްކަތްތަކުގައި އަލިމަގެއް ފެނިގެންދާނެ ކަމަށް ވެސް އެ ކޮލެޖުން ބުނެފައިވެއެވެ.
ޓްރިޕްލް އޭގެ ނުނިމި ތިބި ދަރިވަރުން ނިންމުމަށްޓަކާ އެވިޑް ކޮލެޖުން ކުރަމުން ގެންދާ މަސައްކަތްތަކަށް ސަރުކާރުގެ މުއައްސަސާތަކުން ދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ވެސް އެވިޑުން ބުނެފައިވެއެވެ.