ކޮވިޑު-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އަނެއްކާވެސް ފުވައްމުލައް މޮނިޓަރިންއަަށް ލައިފިއެވެ.

ފުވައްމުލައް ފުރަބަންދު ކުރިކަން ހާމަކޮށްފައިވަނީ ރޭ އެރަށު ސިޓީ ކައުންސިލުންނެވެ. ކައުންސިލުން ބުނީ ރަށް އަލުން ފުރަބަންދު ކޮށްފައިވަނީ އެރަށުން އިތުރު ކޮވިޑު ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ.

ނަމަވެސް އިތުރު ތަފްސީލެއް ކައުންސިލުން ހާމަކޮށްފައި ނުވެއެވެެ.

ފުވައްމުލައް ވަނީ މޭއި 6 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ފުރަ ބަންދުކޮށްފައެވެ.