ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ސްޓެލްކޯއިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓް ދިނުން މެދުކަނޑާލީ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން ކަމަށާއި އެ ނިންމުން ނިންމީ އެޗްޑީސީން އެ ގޮތަށް އެންގުމުން ކަމަށެވެ.

ސްޓެލްކޯއިން ބުނީ، ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށްގެންދާނީ އެ ޓަވަރުތަކުގެ ލިފްޓުތައް ކޮމިޝަންކޮށް ނިމި، ހިދުމަތްދިނުން ކުރިއަށްގެންދިއުމަށް އެޗްޑީސީން އެންގުމުން ކަމުގައެވެ.

ހިޔާ ޓަވަރުތަކުގެ ކަރަންޓު ވަގުތީ ގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވަނީ ހިޔާ ޓަވަރެއްގެ ލިފްޓެއްގެ ތެރޭގައި ބަޔަކު އިއްޔެ ތާށިވެފައިވާތީ ލިފްޓުތައް ކޮމިޝަން ނުކޮށް ހުރެއްޖެނަމަ މިފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށް ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ.