އައްޑޫ ސިޓީ ހިތަދޫގައި ފޭރުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހިތަދޫ މަގުމަތިން ދިޔަ މީހެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރުނު މައްސަލައެއް މިމަހުގެ 24 ވަނަ ދުވަހު ހުށަހަޅާފައިވާ ކަަމަށެވެ.

މި މައްސަލައާ ގުޅިގެން 38 އަހަރާއި، 39 އަހަރުގެ ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ދެ ފިރިހެނުންނެވެ.

އެ ދެމީހުން ހައްޔަރުކޮށް ފޭރުނުކަމަށް ބެލެވޭ ފޯނާއި ވޮލެޓް ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.