ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ސިފަ ކުރެއްވި ވާހަކަތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގު ކުރައްވައިފި އެވެ.

އިމްރާން ވިދާޅުވީ މައްސަލައަށް ބަލާއިރު ފުރަތަމަ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދޫކޮށްލުމުގައި އަމަލުކޮށްފައި ވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި މުޅީން އެއްގޮތަށް ނޫން ކަމަަށާ ނަމަވެސް އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއް ގައި ސަފާރީ ކޭސް އާއި ބެހޭ ގޮތުން ދެއްވި ވާހަކަތަައް މީޑިއާ ތަކުން ދައްކަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް އިމްރާން ވަނީ ތުހުމަތު ކުރައްވާފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުންދާއިރު، އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ދޮގު ކުރައްވަާ މީޑިއާތަކުން ހަޤީގަތް އޮޅުވާލީ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"އަންހެނަކަށް ޖިންސީ އަނިޔާ ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަ ކަމެއް ނޫން. އެއީ ބޮޑުކަމެއް. އެއީ ކުޑަކަމެއް ކަމަށް އަޅުގަނޑު ބުނެފައެއް ނުވާނެ، އަޅުގަނޑާ ގުޅޭ ގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން، އަޅުގަނޑު ބުނި އެއްޗެއްގެ ހަގީގަތް އޮޅޭ،" އަޅުގަނޑު އެދެނީ ހުރިހާ ނޫސްވެރިންވެސް ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަށް "

"އަޅުގަނޑުވެސް އެ ވާހަކަތައް އަޑު އެހީމާ، އެ ވާހަކަތައް ފެތުރިގެން އައީމަ އަޅުގަނޑަށް ވެސް ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ އެއީ މި އޮތީ އިނގޭތޯ. އެކަމަކު އެ މައްސަލަ ގޮސް ރަނގަޅަށް ބަލައި ކައިރިން ދެނެގަތީމަ... ދެން އަޅުގަނޑަށް މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން ސީދާ އެ ހިނގާ އޮތް ކަންތައްތައް ނުވަތަ އެ އިބާރާތް ބުނާކަށް ވެސް. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރަފައި ވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރެވޭ ކަހަލަ ކަމެއް ކުރި ވާހަކައޭ މިއީ. އަދި ކުރީމަ ކަމެއް ކުރިކަން ވެސް ނޭންގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މި އޮތީ،" އިމްރާން ޕީއެސްއެމް ޕްރޮގްރާމްގައި ވިދާޅުވިއެވެ،

ކެންޔާގެ އަންހެންމީހާގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިމްރާންގެ ވާހަކަތައް އެ ފަރާތުން ކުށްވެރިކުރެ އެވެ. އަދި ހޯމް މިނިސްޓަރުގެ މަގާމު އަދާކުރެއްވުމުގައި އިމްރާންގެ މައްޗަށް އިތުބާރު ގެއްލިފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވަނީ އެދިފަ އެވެ.