މިއަހަރުގެ އޮކްޓޫބަރު 1 އިން 13 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިޔާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ރާއްޖެއިން އެއްތިރީސް ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލުމަށްފަހު މިރޭ އިއުލާން ކޮށްފިއެވެ.

ޕްރިލިމިނަރީ ސްކޮޑުގައި އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ މާޒިޔާއިންނެވެ. އެއީ 11 ކުޅުންތެރިންނެވެ. މާޒިޔާއަށްފަހު އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ އީގަލްސްއިންނެވެ. އީގަލްސްއިން 7 ކުޅުންތެރިން ހިމެނޭއިރު ދެން އެންމެ ގިނަ ކުޅުންތެރިން ހިމެނޭ ކްލަބު ވެލެންސިޔާއިންނެވެ. އެއީ 5 ކުޅުންތެރިންނެވެ. ދަގްރާންޑާއިން އެންމެ ކުޅުންތެރިޔަކު ޕްރިލިމިނަރީ ސްކޮޑުގައި ހިމެނޭއިރު ޓީސީގެ 2 ދެކުޅުންތެރިން ޕްރިލިމިނަރީ ސްކޮޑުގައި ވަނީ ހިމަނާފައެވެ.

ޕްރިލިމިނަރީ ސްކޮޑުން ޖާގަ ނުލިބުނު އެންމެ މަޝްހޫރު ކުޅުންތެރިޔަކީ، އެންމެފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ލަނޑުތަކެއް ޖަހައި ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި އިބްރާހިމް ހަސަން (އިއްބެ) އެވެ. ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ގައުމީ ޓީމުގެ އޭރުގެ ކޯޗް ޕީޓަރ ސެގާޓާއި މައްސަލަ ޖެހިގެން ފުޓްބޯޅައިން 2018 ވަނަ އަހަރުން ފެށިގެން ރިޓަޔަރ ކޮށްގެން ހުރުމަށްފަހު މިއަހަރު އަލުން ކުޅެން ފެށި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަޝްހަދު އަލީ (އަޑުބަރޭ) އެވެ.

ޕްރިލިމިނަރީ ސްކޮޑަށް ނެގި ކުޅުންތެރިން:

1. ޔަޝްފާދް ހަބީބް (ދަގްރާންޑޭ)

2. ހަސަން ރާއިފް އަހްމަދު (އީގަލްސް)

3. އިމްރާން ނަޝީދު (އީގަލްސް)

4. އަހްމަދު ނޫމާން (އީގަލްސް)

5. ހުސައިން ޝިފާއު ޔޫސުފް (އީގަލްސް)

6. މުހައްމަދު ނާއިމް (އީގަލްސް)

7. ހައިޝަމް ހަސަން (އީގަލްސް)

8. އަޝްހަދު އަލީ (އީގަލްސް)

9. މުހައްމަދު ސާއިފް (ގްރީން ސްޓްރީޓް)

10. ހަސަން ނަޒީމް (ގްރީން ސްޓްރީޓް)

11. ހުސައިން ޝަރީފް (މާޒިޔާ)

12. މޫސާ ޔާމީން (މާޒިޔާ)

13. އިބްރާހިމް އައިސަމް (މާޒިޔާ)

14. އިބްރާހިމް މަހްދީ ހުސައިން (މާޒިޔާ)

15. މުހައްމަދު އިރުފާން (މާޒިޔާ)

16. ސަމޫހް އަލީ (މާޒިޔާ)

17. މުހައްމަދު އުމައިރު (މާޒިޔާ)

18. އަސަދުﷲ އަބްދުﷲ (މާޒިޔާ)

19. ހުސައިން ނިހާން (މާޒިޔާ)

20. ހަމްޒާ މުހައްމަދު (މާޒިޔާ)

21. ނާއިޒް ހަސަން (މާޒިޔާ)

22. މުހައްމަދު އަޖްފާން (ޓީސީ)

23. އަލީ ޝާމިސް (ޓީސީ)

24. އަލީ ނާޖިހް (ޔޫވީ)

25. މުހައްމަދު އާރިފް (ޔޫވީ)

26. އިސްމާއިލް އީސާ (ޔޫވީ)

27. މުހައްމަދު ޝަފީއު (ވެލެންސިޔާ)

28. މުހައްމަދު ފަސަލް (ވެލެންސިޔާ)

29. އަލީ ފާސިރު (ވެލެންސިޔާ)

30. އަލީ އަޝްފާޤް (ވެލެންސިޔާ)