ފުވައްމުލަކު ސިޓީން އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ ފުވައްމުލަކުން ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަކުރެވުނު 8 ފަރާތަކާއި، ރެންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ފަރާތެއްގެ އިތުރުން ފްލޫ ކްލިނިކުން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ހަތަރު މީހެއް ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

މިއަދު ފެނުނު ކޭސްތަކާއެކު ފުވައްމުލަކުގައި 167 އެކްޓިވް ކޭސް އެބައޮތް ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

ކޮވިޑްގެ ނުރައްކާ ފުވައްމުލަކުގައި ބޮޑުވެފައިވާތީ އެޗްޕީއޭ އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އަނެއްކާވެސް އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.