އަފްޣާނިސްތާންގައި ހާލުގައި ޖެހުނު ލުބުނާން މީހުން އިންޑިއާއިން ސަލާމަތް ކޮށްދީފިއެވެ. ހަމަނުޖެހުމެއްގެ ތެރޭގައި އޮތް ލުބުނާނުގައި ސަރުކާރެއް އެކުލަވާލެވިފައި ނުވާތާ އެތައް ދުވަހެއް ވެއްޖެވެ. ވަގުތީ ބޮޑު ވަޒީރު ނަޖީބު މީގާތީ ސަރުކާރެއް އެކުލަވާލަން މަސައްކަތ ކުރެއްވުމުން ބައެއް ވަޒީރުންނާ ރައީސް މިޝޭލް ޢައުން ގަޔާވެވަޑައި ނުގަންނަވާތީ ސަރުކާރަށް ރުހުން ދެއްވާފައެއް ނުވެއެވެ.
އިންޑިއާއިން ވަނީ އަފްޣާނިސްތާނުން މީހުން ބޭރުކުރުމަށް އެތައް ވައިގެ ދަތުރެއް ބާއްވާފައެވެ.
މިހާރުވެސް ކާބުލްއިން ބޭރުވާން ބޭނުންވާ އެތައް ބަޔަކު ކާބުލް އެއަރޕޯޓް ބޭރުގައި ޖަމާވެ އެބަތިއްބެވެ. މިމީހުންނަކީ ތާލިބާންގެ ނިރުބަވެރިކަމަށް ބިރުން ބޭރުވާން ބޭނުންވާ މީހުންނެވެ.
މީހުން ކާބުލް އެއަރޕޯޓަށް ޖަމާވަމުންދާތީ ތާލިބާނުން މިހާރު ވަނީ އެއަރޕޯޓަށް ދާން އޮންނަ މަގުތައް ބަންދުކޮށްފައެވެ.