މަގުމައްޗަށް ވެއްޓިފައި އޮތް ވޮލެޓެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ އޮގަސްޓް 7 ވަނަ ދުވަހުގެ ވަގުތެއްގައި ވައިލެޓްމަގު އައިޓަމައިޒް ފިހާރަ ކައިރިއަށް ވެއްޓިފައި އޮތް ވޮލެޓެއް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ. މި ވޮލެޓަކީ އެފިހާރައިން ވިޔަފާރިކުރުމަށްފަހު ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ވޮލެޓެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ވީޑިއޯ އިން ފެންނަ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 494292 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.