ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޝާހިދު ޖަޕާނަށް ކުރައްވާ މި ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ޝުގާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެ ކަމަށާއި އަދި ޖަޕާނުގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

އަދި މި ދަތުރުފުޅުގައި އދގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި އާއްމު މަޖިލީހުގެ ރިޔާސަތާ އެކުގައި ޖަޕާނުން މަސައްކަތްކުރުމާ ބެހޭ ގޮތުން އެގައުމުގެ ސަރުކާރާއި ޝާހިދު މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.