ރާއްޖެއާއި އިންޑިޔާ، ސްރީލަންކާ އަދި އިންޑޮނޭޝިޔާއަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް އާރް. ޕޮމްޕެއޯ ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފި އެވެ.

ޕޮމްޕެއޯ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ދިވެހިރާއްޖޭގެ ހާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރަކު އެންމެ ފަހުން ރާއްޖެ އައިސްފައިވަނީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. އެއަށްފަހު އެމެރިކާގެ މަތީ ފަންތީގެ މީހަކު ރާއްޖެ ވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ.