ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ އިންޑިއާ މީހުން ތިން ވަނަ ގައުމެއްގައި ކަރަންޓީނު ވުމަކާ ނުލައި ސީދާ ސައޫދީ އަރަބިއްޔާއަށް ވަދެވޭނެކަމަށް ސައޫދީ ސަރުކާރުން އަންގައިފިއެވެ. ސައޫދީ ސަރުކާރުގެ މިނިންމުން ތަންފިޒު ކުރުމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ލިބިފައި ނުވާކަމަށް ސައޫދީ އަރަބިއްޔާގައި ހުންނަ އިންޑިއާ އެމްބަސީން ބުނެއެވެ.
ޖުލައި މަހު ސައޫދީ އަރަބިއްޔާއިން ބުނެފައި ވަނީ އެގައުމުން ރެޑް ލިސްޓްގައި ހިމަނާފައިވާ ގައުމަކަށް ދަތުރުކޮށްފައިވާ މީހެއްނަމަ އެމީހަކު ތިން އަހަރު ވަންދެން ސައޫދީއަށް ނު ވަދެވޭ ގޮތް ހަދާނެ ކަމަށެވެ. އިންޑިއާއަކީ ރެޑްލިސްޓްގައި ހިމެނިފައި އޮތް ގައުމެކެވެ.
މިމަހުގެ ކުރީކޮޅު ސައޫދީ އަރަބިއްޔާއިން ވަނީ މިއުސޫލަށް ބަދަލުގެނަސް ވެކްސިން ލިބިގެންފައިވާ މީހުންނަށް ހައްޖާއި އުމުރާއަށް ވަނުމަށް ހުއްދަ ދީފައެވެ. އަދި ކުރިން މަނާ ކުރި ގައުމުތަކުގެ ލިސްޓްގައި ހިމެނުނު ގައުމުތަކުގެ މީހުންވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރާ ގޮތަށް ހަމަޖެއްސިއެވެ.
އިއްތިޙާދު އެއަރވޭޒް އިން ބުނާ ގޮތުގައި ޔޫއޭއިން ވަނީ ފާއިތުވި 14 ދުވަސްތެރޭގައި އިންޑިއާއަށް އެތެރެވެފައިވާ މީހުން ޔޫއޭއީއަށް ވަނުން މަނާކޮށްފައެވެ.