ޔުއެފާ ޗެމްޕިއަންސް ލީގް 22/2021 ސީޒަނުގެ ގްރޫޕް ސްޓޭޖުގައި، މަޝްހޫރު ތަރިން އެންމެ ގިނަ ފްރާންސްގެ ޕީއެސްޖީ އާއި އެންމެފަހުގެ ރަނައަޕް، އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ ބައްދަލު ކުރަން ޖެހިއްޖެއެވެ.

ލިއޮނަލް މެސީ އާއި ސާޖިއޯ ރާމޯސްއާއެކު މިސީޒަނަށް ކުރިމަތިލާ ޕީއެސްޖީން ގްރޫޕް ސްޓޭޖުގައި ދެން ބައްދަލު ކުރަން ޖެހެނީ ޖަރުމަނުގެ ލައިޕްޒީގާއި ބެލްޖިއަމްގެ ކްލަބު ބްރޫޖާއެވެ.

ލިއޮނަލް މެސީ ދިޔުމުން ނިކަމެތިވެފައިވާ ބާސެލޯނާ ހިމެނެނީ ވަރުގަދަ ބަޔާން މިޔުނިކާއި ބެންފީކާ އަދި ޑައިނަމޯ ކިޔޭވްއާއެކު ގްރޫޕް އީ ގައެވެ. ކާމިޔާބު ކެޕްޓަން ސާޖިއޯ ރާމޯސް ދޫކޮށްލުމަށްފަހު ކުރިމަތިލާ ފުރަތަމަ ސީޒަނުގައި ރެއާލް މެޑްރިޑަށްވެސް އޮތީ އުނދަގޫ އިމްތިހާންތަކެކެވެ.

ރެއާލް މެޑްރިޑް އޮތީ އިޓަލީގެ ޗެމްޕިއަން އިންޓަމިލާމާއި ޔޫކްރައިނުގެ ޝަކްތާ ޑޮނެސްކާއި މޯލްޑޯވާގެ ޝެރިފްއާއެކު ގްރޫޕް ޑީގައެވެ. މިދިޔަ ސީޒަނުގައިވެސް ރެއާލް އާއި އިންޓަމިލާން އަދި ޝަކްތާ ހިމެނުނީ އެއްގްރޫޕެއްގައެވެ. ދެލެގުގައިވެސް ރެއާލްގެ މައްޗަށް ޝަކްތާއިން ކުރި ހޯދިއިރު ގްރޫޕް ސްޓޭޖުން ފެއިލްނުވެ ރެއާލް ސަލާމަތްވީ ދެލެގުގައި އިންޓަމިލާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖް:

ގްރޫޕް އޭ: މެން.ސިޓީ، ޕީއެސްޖީ، ލައިޕްޒީގް، ކްލަބް ބްރޫޖް

ގްރޫޕް ބީ: އެތުލެޓިކޯ މެޑްރިޑް، ލިވަޕޫލް، ޕޯޓޯ، އޭސީ މިލާން

ގްރޫޕް ސީ: ސްޕޯޓިންގ ، ޑޯޓްމަންޑް، އަޔަކްސް ، ބެސިކްޓާސް

ގްރޫޕް ޑީ: އިންޓަމިލާން ، ރެއާލް މެޑްރިޑް، ޝަކްތާ ޑޮނެސްކް، ޝެރިފް

ގްރޫޕް އީ: ބަޔާން މިޔުނިކް، ބާސެލޯނާ ، ބެންފީކާ، ޑައިނަމޯ ކިޔޭވް

ގްރޫޕް އެފް: ވިޔަރެއާލް، މެންޗެސްޓަރ ޔުނައިޓެޑް، އެޓްލާންޓާ، ޔަންގ ބޯއީސް

ގްރޫޕް ޖީ: ލިއޯން، ސެވިއްޔާ، ސަލްޒްބާގް، ވޮލްފްސްބާގް

ގްރޫޕް އެޗް: ޗެލްސީ، ޔުވެނެޓަސް، ޒެނިތު، މަލްމޯ