ޗައިނާގެ ރއީސްގެ ސިޔާސީ ފިކުރު ޗައިނާގެ ތަޢުލީމީ ހުރިހައި މަރުހަލާއެއްގައި ކިޔަވައި ދިނުމަށް މަޖުބޫރު ކޮށްފައިވާ ކަމަށް އަންގާރަ ދުވަހު ނެރުނު އިޢުލާނެއްގައި ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ޝީ ޖިންޕިންގެ ސިޔާސީ ފިކުރު ކިޔަވައި ދެނީ މީހުންގެ ކޮމިއުނިސްޓް އަގީދާ ވަރުގަދަކޮށް ޕާޓީއަށް މީހުންގެ މެދުގައި ވަފާތެރިކަން އަށަގެންނެވުމަށެވެ.
ކާރލް މާރކްސްއާއި ފްރެޑްރިކް އެންގްލްސް އެކުލަވާލި ކޮމިއުނިސްޓް ނަޒަރިއްޔާ ބުނާ ގޮތުން ދީން ގަބޫލުކުރުމަކީ މީހުން މަގު ފުރައްދާލާ ކަމެކެވެ. މާކްސް ބުނާ ގޮތުން ދީނަކީ މީހުން މަސްތުކޮށްލާ އަފިހޫނެއްފަދަ އެއްޗެކެވެ. އަދި ކޮމިއުނިސްޓުން ދެކޭ ގޮތުގައި ކަލަކު ވޮޑިގެނެއް ނުވާނެއެވެ. ދުނިޔޭގެ ނިޒާމުގައި ކަންކަން ހިނގާނީ އޮޓޯއިންނެވެ.
ރޫސީވިލާތުގައި ގޮށްމުށުގެ ބާރުން 70 އަހަރު ދުވަސް ވަންދެން ވެރިކަން ކުރުމަށްފަހު ރޫސީވިލާތް ރޫޅި، ކޮމިއުނިސްޓް ނިޒާމަކީ އިންސާނީ ފިތުރަތާ ޚިލާފް އެއްޗެއްކަން ސާބިތުވެގެން މިހާތަނަށް މިފިކުރު އޮތީ ވަޅު ޖެހިފައެވެ.
ޗައިނާގެ ވެރިކަން ހޯދުމަށްފަހު، ވާދަވެރިން ޖަލަށް ލައި ނައްތާލުމަށްފަހު ކޮމިއުނިސްޓް ޕާޓީއާއި ސިފައިންގެ ބާރުވެރިކަން ހޯދައިގެން ޗައިނާގެ ރައީސް ޝީ ވަނީ އުމުރުދުވަހަށް ވެރިއަކަށް ހުންނެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަވާފައެވެ.
ޝީގެ ސިޔާސީ ފިކުރުގައި ޗައިނާގައި ދީނަށް އުޅޭ މީހުންވެސް އުޖލެންވާނީ ސަރުކާރުން އަންގާ ގޮތަށެވެ.
ޒާތީ މިނިވަންކަން ދީފައިވާ ޝިންޖިއާންގައި އިސްލާމީ ޝިއާރު ފާޅުކުރާ މީހުން ހުރަގެއަށް ލައި އަޒާބުން އަޒާބު ދެވި އެމީހުންގެ ސިކުނޑި ދޮވެލުމަށް ޗައިނާ ސަރުކާރުން ކުރާ މަސައްކަތަށް އދއާއި ދުނިޔޭގެ ގައުމުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ.