ސްކޫޕް ކައިރީގައި ބަހައްޓާފައިހުރި ފޮއްޓެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އާންމުގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އެ ދެ މީހުންނަކީ 2021 ޖުލައި 29 ވަނަ ދުވަހުގެ ވަގުތެއްގައި ޗާންދަނީމަގު ސްކޫޕް ކައިރީގައި ބަހައްޓާފައިހުރި ފޮއްޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަަށެވެ.

ވީމާ މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 493459 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.