ވެލާނާގޭގައި ހިންގާ ޓޫރިޒަމް މިނިސްޓްރީން ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށަފިއެވެ.
އެމްއެންޑީއެފްއިން ބުނީ ވެލާނާ ބިލްޑިންގްގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ރިޕޯޓް ކުރުމުން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އޮފީސްތަކުން ގޮތް ނޭނގޭ ތަކެއްޗާއި ހަވާލު ނުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފީހުން މުވައްޒަފުން ނެރެ ހުސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.